ads
އިންޑިއާއިން ޕްރިޔަންކާއަށް އެކަށީގެންވާ ތަރުހީބެއް ނުދޭ: ރިކީ
އިންޑިއާއިން ޕްރިޔަންކާއަށް އެކަށީގެންވާ ތަރުހީބެއް ނުދޭ: ރިކީ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އިންޓަނޭޝަނަލް މައިދާނުގައި ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކަށް އިންޑިއާއިން އެކަށީގެންވާ ތަރުހީބެއް ނުދޭ ކަމަށް، ތިން ފަހަރު ގްރެމީ އެވޯޑު ހޯދާފައިވާ އިންޑިއާގެ މިއުޒީޝަން ރިކީ ކެޖް ބުނެފިއެވެ.
Advertisement

އޭނާ ބުނި ގޮތުގައި ޕްރިޔަންކާ އަކީ މުޅި ދުނިޔޭގައި އިންޑިއާ ތަމްސީލުކޮށްދޭ އެންމެ ވަރުގަދަ އެއް ފަންނާނެވެ.

އެހެންނަމަވެސް އޭނާގެ އަމިއްލަ ގައުމުގައި އެކަން އެންމެ ރަނގަޅަށް ފާހަގަ ނުކުރާ ކަމަށް ރިކީ ބުންޏެވެ.

ޕްރިޔަންކާ ހޮލީވުޑަށް ގޮސް އެތަނުގައި ފައިތިލަ ސާބިތުކޮށް، ގިނަ ފިލްމުތަކާއި ސީރީޒްތަކުން ފުރުސަތު ހޯދާފައިވާކަން ރިކީ ފާހަގަކުރިއެވެ. 

އޭނާ ބުނީ "އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ޕްރިޔަންކާ ހޯދާފައިވާ ކުރިއެރުމަކީ އިންޑިއާގެ އެހެން އެއްވެސް ފަންނާނަކަށް މިހާތަނަށް ހޯދިފައިވާ ކާމިޔާބީއެއް ނޫން،" ކަމަށެވެ. އެހެންކަމުން ޕްރިޔަންކާގެ މަސައްކަތްތަކަށް މިއަށްވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ގަބޫލުކުރެއެވެ.

ސޯޝަލް މީޑިއާގައި ވެސް ޕްރިޔަންކާއާ މެދު ބައެއް ފަހަރު ފާޑުކިޔުންތައް އަމާޒުވާކަން ފާހަގަކޮށް ރިކީ ބުނީ، އޭނާގެ ކާމިޔާބީގެ އަގު ވަޒަންކުރުމުގެ ބަދަލުގައި މީހުން ބަލަނީ ކުދިކުދި ކަންތައްތަކަށް ކަމަށެވެ. ޕްރިޔަންކާ އަކީ އިންޑިއާއަށް ފަހުރުވެރި ނަމެއް ހޯދައިދޭ މީހެއް ކަމަށާއި، އޭނާއަށް ލިބެންޖެހޭ އިއްޒަތާއި ގަދަރު އިންޑިއާގެ ރައްޔިތުން ދޭންޖެހޭނެ ކަމަށް ވެސް ރިކީ ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް