ދާދި ފަހުން އޭނާ ވަނީ ޗުއްޓީގައި އުޅޭއިރު އޭނާގެ ދެ ދަރިން ކަމަށްވާ ތައިމޫރު އަދި ޖޭ ފޮޓޯއަށް ހުއްޓުވަން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ކަރީނާ ބުނި ގޮތުގައި ކުޑަކުދިން ގޮވައިގެން ޗުއްޓީގައި އުޅޭއިރު ރީތި ފޮޓޯއެއް ނެގުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
މިއީ ހަމައެކަނި ފޮޓޯއެއް ނެގުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށާއި، ކުޑަކުދިން ކަންތައްތަކަށް އެއްބަސް ކުރުވުމަށް މިފަދަ ގޮތްތައް ބޭނުން ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ކަރީނާގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ވަރަށް ގިނަ މައިން ބުނެފައިވަނީ ކަރީނާގެ މި ހާލަތަކީ ގިނަ އާއިލާތަކަށް ދިމާވާ އާންމު ކަމެއް ކަމަށެވެ. ކަރީނާގެ މި ވާހަކަތަކުން އެނގިގެންދަނީ އޭނާ އަކީވެސް ދަރިންގެ ކަންކަމުގައި ވަރަށް ޝައުގުވެރިކަމާ އެކު އުޅޭ މަންމައެއް ކަމެވެ.