އާޒިމް "ސީއެންއެމް" އަށް ވިދާޅުވީ އާޒިމް ސީއެންއެމް އަށް ވިދާޅުވީ ހ. ވެޔޮވިލާގޭގެ ވެރިފަރާތް މިދިޔަ މަހުގެ 25 ގައި ޖޫރިމަނާކުރީ ކުރެހުން ފާސް ނުކޮށް އެ މަސައްކަތް ކުރަމުން އަންނާތީ ކަމުގައި އެވެ.
އާޒިމް ފާހަގަ ކުރެއްވި ގޮތުގައި އަދިވެސް ކުރެހުން ފާސް ކުރަން ހުށަހަޅާފައި ނުވާ ކަމަށާއި އެ ގޮތަށް އެކަން ކުރަމުން އަންނަ ނަމަ ތިން މަސް ފަހުން ކައުންސިލްގަ އޮންނަ އުސޫލުގެ ދަށުން ޖޫރިމަނާ ކުރެވިގެން ދާނެ ކަމުގައި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެ ކައުންސިލުން ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކަށް ނުބާލާނެ ކަމަށާއި ގާނޫނާއި ހިލާފަވާ ކޮންމެ ފަރާތަކާއި މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމުގައި އެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ، އަދި ޑިމޮކްރެޓްސްގެ ވެސް ހަރުގެ ގޮތުގައި ބޭނުންކޮށްފައިވާ އިމާރާތެއް ކަމުގައި އެވެ.
އަގުބޮޑު މަރާމާތަކަށްފަހު ޕީއެންސީގެ ޖަގަހަ ހިންގަމުންދިޔަ އިމާރާތުގައި އެ ޕާޓީގެ އޮފީސް ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ޕީއެންސީގެ މައި އޮފީސް ހުޅުވައިދެއްވީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީގެ އޮޮފީސް މީގެ ކުރިން ހިންގީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގަ އެވެ. ނަމަވެސް މިހާރު އަލަށް ހުޅުވާފައި ވަނީ ހ. ވެޔޮވެލާ (އާޓިފިޝަލް ބީޗު ކުރިމަތީގަ) އެވެ.