މި ހާދިސާ ހިނގާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މުޒާހަރާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ. މުޒާހަރާކުރާ މީހުން ދަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުންނަ ސަރުކާރުގެ އިމާރާތްތަކަށާއި އާންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. މިސްކިތުގައި ރޯކޮށްލުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފަ އެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މުޒާހަރާތައް ދަނީ ފުޅާވަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު އަދި ސާފުވެފައެއް ނުވެ އެވެ.