ads
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް -- ފޮޓޯ: ސިޓީ ކައުންސިލް
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ އެއްވެސް ބިމެއް ވިއްކާފައި ނުވޭ: އަރީޝް
ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު މާލޭގެ އެއްވެސް ބިމެއް ވިއްކާފައި ނުވާ ކަމަށް ވިދާޅުވެ މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ރައްދު ދެއްވައިފި އެވެ.
Advertisement

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް މީގެ ދެދުވަސް ކުރިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން ނުއަގުގައި ދިނުމުން ދިނުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީން ނުއަގުގައި ދީފައި ހުރި ބިންތަކުގެ މައްސަލަ ހައްލުކުރަން ބިންތައް ދީފައި ތިބި މީހުންނާ ވާހަކަ ދައްކާނެ ކަމަށާއި ވާހަކަ ދައްކައިގެން ވެސް ހައްލުވާނަމަ ކޯޓަށް ގޮސްގެން އެ ބިންތަކުގެ އެއްބަސްވުންތައް ބާތިލުކޮށް އަތުލާނެ ކަމަށެވެ.

"ނުއަގުގައި ހުރި ތަންތަން [ބިންތައް] ހަމަ އަގަށް ގެންނަން އަޅުގަނޑު އެ ފަރާތްތަކާ ވާހަކަ ދައްކާނަން. އެ ނުވެއްޖެ ކަމަށްވަނީނަމަ ކޯޓަށް ގޮސް އެ ކޮންޓްރެކްތްތައް ބާތިލުކުރާނަން. އެއްބަސްވުންތައް ބޭނުން ގޮތަކަށް ބޭނުން ވަގުތެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ހާމަކުރަމުންދާނަން،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މޭޔަރު ކަމަށް އިންތިހާބުވާ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޯޔަރުންގެ ޓީމެއް އެކުލަވާލައި އެ މައްސަލަތައް ކޯޓަށް ވައްދަން ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހޭދަކުރެއްވި 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކަވާފައެއް ނުވާކަމަށެވެ. އަދި ނުގަވާއިދުން އެއްވެސް ފަރާތަކަށް ބިމެއް ކުއްޔަށް ދެއްވާފައިނުވާކަން ކައުންސިލްގެ ރެކޯޑުތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ބިންތައް ދޫކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާ ވާހަކަ އަކީ ހަގީގަތްތައް ހަޖަމު ނުކުރެވިގެން ދައްކާ  ވާހަކަ އެކެވެ.

"ބިނާކުރަނިވި ވާހަކަތައް ދެއްކޭނީ ރައީސް ޑރ. މުއިއްޒު މޭޔަރުކަމުގައި ދެއްކެވި ހީވާގި، ދުރުވިސްނޭ އަދި މަޝްވަރާގެ އުސޫލުތައް ނަމޫނާއަކަށް ބަލައިގެން. އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި، ހިޔާލީ ހަރުކަށި އިންޒާރުތައް ދިނުމަކީ މާލެ ފަދަ ޝަރަފުވެރި ސިޓީއެއްގެ މޭޔަރުކަމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުރެގެންވާނެ ސިފަތަކެއް ނޫން" އަރީޝްގެ ވާހަކަ ނިންމާލަމުން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މާލެ އާއި ވިލިމާލެއިން ޖުމްލަ 157 ބިން ކައުންސިލުން ވަނީ ކުއްޔަށް ދީފަ އެވެ. އޭގެ ތެރެއިން 40 ޕަސަންޓް ބިން ކުއްޔަށް ދީފައިވަނީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް