ads
ބީއެމްއެލް އިން 100000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި
"ރަން ފުރުސަތު" ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މާޗު 16ގެ ނިޔަލަށް
ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ހާއްސަ އިނާމުތަކެއް ހޯދުމަށް މަގުފަހިވާ ޕްރޮމޯޝަން، "ރަން ފުރުސަތު" 2026 ފަށައިފިއެވެ.
Advertisement

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ 10 ޖަނަވަރީން 16 މާޗުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަންޏެވެ. 

މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރެވޭނެ އެވެ. 

މީގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000ރ.ގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.

  • ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުގެ ލިސްޓް


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް