ads
ތުޅާދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތައް - ފޮޓޯ: ތުޅާދޫ އޮންލައިން
ތުޅާދުއާއި ވިލުފުށީގެ ރޯ ހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، ކޮޅުމަޑުލު ވިލުފުއްޓާއި މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
Advertisement

ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލް އަތުން އަތުލުމަށްފަހު ހައުސިން މިނިސްޓްރީން އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލީ ސަރުކާރުގެ، ބޯހިިޔާވެހިކަން އެންމެންނަށް ސިޔާސަތުގެ ދަށުންނެވެ.

މިގޮތުން އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލީ މިއަދުން ފެށިގެން 11 އޭޕްރިލް، ގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. މިނިސްޓްރީން ވަނީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އިއުލާންކޮށްފަ އެވެ.

މި ދެރަށުގައި ވެސް މިހާރު ކުރިއަށްދަނީ ހައުސިން ޔުނިޓުތަކަށް ޔުޓިލިޓީ ހިދުމަތްތައް ގުޅުމުގެ މަސައްކަތްތަކެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ހައުސިން ޔުނިޓުތައް ހަވާލުކުރާނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. 

ފާހަގަކުރެވޭ ގޮތުގައި، ތުޅާދުގައި އިމާރާތްކޮށްފައި ހުރި ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވާތީ މިދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުން ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި މުޒާހަރާ ކުރިއެވެ. އޭގެ ސަބަބުން ކައުންސިލްގެ ހިންގުން މެދުކަނޑާލަން ވެސް ޖެހުނެވެ.

ތުޅާދޫ އަދި ވިލުފުށީގަައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކަކީ ކުރީ ސަރުކާރުތަކުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކެއްކަން ފާހަގަކޮށްލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް