ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް 69،408 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު %12.9 ކުރިއެރުމެކެެވެ.
މި އަހަރުގެ ފުރަތަމަ 10 ދުވަހު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 13،157 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރީ އިޓަލީންނެވެ. އެ ގައުމުން 9،199 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 13،157 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ރެކޯޑު އަދަދަކަށް (2.2 މިލިއަން) ޓޫރިސްޓުން އައި ނަމަވެސް، ބަޖެޓުގައި އަންދާޒާ ކުރި ވަރަށް 2.3 މިލިއަން ޓޫރިސްޓުން ނާދެ އެވެ. ނަމަވެސް އަހަރުންއަހަރަށް ބަލާއިރު، ޓޫރިސްޓުން އައި އަދަދު ވަނީ ގާތްގަނޑަކަށް 10 ޕަސެންޓު އިތުރުވެފަ އެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ވެސް ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަން އިތުރުވެ، ދުވެލި ބާރު ވާނެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި އަންނަ އަހަރު 2.4 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.
ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 974 ގެސްޓް ހައުސް އާއި، 168 ސަފާރީ އޮޕަރޭޓް ކުރަމުން ދެއެވެ.