ފޯރިގަދަ ކެމްޕޭނަކަށް ފަހު ބޭއްވި މި އިންތިހާބުގެ ޓިކެޓް ކަށަވަރުވީ ވާދަވެރި ކެންޑިޑޭޓް އާދަމް އަދީމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން މަޑުޖައްސާލީ ވޯޓުލުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ބެލުމަށް ފަހު މިއަދު ނަތީޖާ ކަށަވަރުވިއިރު، އަދީމަށް ލިބިވަޑައިގެންފައި ވަނީ 58 ވޯޓެވެ. ޔޫއްޕެއަށް ލިބުނީ 57 ވޯޓެވެ. އެހެންކަމުން ޔޫއްޕެއަށް ޓިކެޓް ގެއްލުނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
އެ ދާއިރާގެ ވޯޓު އަލުން ގުނަން ޖެހުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ އިތުރަށް ފޮއްޓަށް ވޯޓުލީ ކަމަށް ތުހުމަތުކޮށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލަ ބަލައި ވޯޓު އަލުން ގުނިއިރު، އެ ދާއިރާގެ ވޯޓު ފޮއްޓަށް އިތުރު އެންމެ ވޯޓެއް ވެސް ލާފައި ނުވާކަން ވަނީ ކަށަވަރުވެފަ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރި އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;