ads
ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: އެމްއޭސީއެލް
ދިއްދޫގެ 21 ހެކްޓަރުގެ ބިން ހިއްކައިފި
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ފަސް ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫއުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ. 

އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ %18.75 ކަމަށެވެ.

އެމްއޭސީއެލްގެ އަމާޒަކީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއު ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރު އިތުރުވާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސަރަހައްދެކެވެ.

އެމްއޭސީއެލް އިން ދިއްދޫ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 5 ޖެނުއަރީ 2026ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް