އެނގިފައިވާ ގޮތުގައި އަޒްހަދުގެ ބަދަލުގައި ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާ އެވެ.
ޝަމާހު ވަކިކޮށްފައިވަނިކޮށް މިއަދު ވަނީ ސޯޝަލް މީޑިއާގައި އޭނާ ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެފަ އެވެ. ލީކުވެފައިވާ އޯޑިއޯގައި ޝަމާހު ކުންފުނީގެ އެތެރޭގައި "ކުރަން އުޅުނު ކަންތައްތައް" އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޝަމާހު ކަމެއް ޔަގީނެއް ނޫނެވެ.
ނަމަވެސް އެއީ "ފޭކް އޯޑިއޯއެއް" ކަމަށް ޝަމާހު މިރޭ ވިދާޅުވި އެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ވެސް ދޮގު ކުރެއްވި އެވެ.
ސްޓެލްކޯގެ މަގާމުތަކަށް މިއަދު ގެނެސްފައިވާ ކުށްލި ބަދަލުތަކާއިއެކު މިހާރު އެކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑީއެމްޑީ އަޒްވަރާ ކަމަށް އެނގިފައި ވެ އެވެ. އަޒްވަރު އެ ކުންފުންޏާ ގުޅިވަޑައިގަތީ 1997 ގަ އެވެ.