ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ސީޕްލޭން އޭރިއާގެ ކައުންޓަރުތަކުން މިއަދު ބަޔަކު ހިދުމަތް ހޯދަނީ.
ވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް އެކެއްގެ ސީޕްލޭން ކައުންޓަރުތަކުން ފަސިންޖަރުންނަށް ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
Advertisement

އެ ސަރަހައްދު ބޭނުން ކުރަން ފެށިކަން ހާމަކޮށް، އެމްއޭސީއެލްއިން ބުނީ، އެއީ، ޖާގަ ތަނަވަސް ހިތްފަސޭހަ ކަމާއެކު ފަސިންޖަރުންނަށް ބޭނުންކުރެވޭނެ ތަނަކަށް ވާނެ ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ހުންނާނީ، އޭސީކޮށް، ހަމަޖެހިގެން ފަސިންޖަރުންނަށް ތިބެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.

އާ ޓާމިނަލްގައި ސީޕްލޭން ކައުންޓަރުތައް ހުޅުވީ، އެރައިވަލް ގޭޓާ ޖެހިގެން އޮތް ހިސާބުގަ އެވެ.

your imageވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ސީޕްލޭންގެ ފަސިންޖަރުންނަށް ހާއްސަކޮށްގެން ގާއިމްކުރި ޗެކިން އޭރިއާ

ވީއައިއޭގެ އާ ޓާމިނަލް މިދިޔަ އަހަރުގެ ޖުލައި މަހު ބޭނުންކުރަން ފެށި ނަމަވެސް ނޫވިލު ސީޕްލޭން ޓާމިނަލް އަށް ދާ މީހުންގެ ޗެކިން އޭރިއާ މިހާތަނަށް ހުރީ ކުރީގެ ޓާމިނަލް ގަ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

ހުރިހާ އެއާލައިނެއްގެ ހިދުމަތް ގާތްގަނޑަކަށް އާ ޓާމިނަލަށް ބަދަލުވި އިރު، މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަމުންދާ ދުވަސްވަރެވެ. 

އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. 

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް