ads
މައްކާގައި ހާލު ދެރަވި އުމްރާވެރިޔާ މާލެ ގެނެސް ފަރުވާދޭން ފަށައިފި
އުމްރާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެ މައްކާގައި އެޑްމިކޮށް ފަރުވާދެމުންދިޔަ އުމްރާވެރިޔާ ރާއްޖެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.
Advertisement

އެ އުމްރާވެރިޔާ ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމުކް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ. 

އެ މީހާ  މިދިޔަ ހޮނިހިރު ދުވަހު މާލެ ގެނައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ މީހާގެ ބަލި ހާލު ހުރިގޮތުން އޭނާ މާލެ ގެނަން ފޮނުވި ފްލައިޓްގައި  ރާއްޖެއޮން ޑޮކްޓަރަކާއި ނަރުހެއްވެސް ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް މި މިހާގެ ބަލި ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް ސާފެއް ނުވެއެވެ. 

ސްކޫލް ބަންދާއި ދިމާކޮށް އުމްރާއަށް މިދިޔަ ޑިސެމްބަރުގައި ރާއްޖެއިން 7000 ވުރެ ގިނަ މީހުން އުމްރާއަށް ދިޔަކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރެއިން 2 މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް