ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައއިކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ތެރެއިން 2 މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފައެވެ. އަނެއް ދެމީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މާލެ / ގ. ހެޕީސައިޑް، މުހައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަހްމާން (31އ) 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ނެރުނުކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް ދެމީހުން، ޝަރުތުކުރުމަށްފަހު ކޯޓުން މިނިވަންކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން އެ ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.