ads
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ރައޫފް މަޖިލިސް އިންތިހާބުގައި ވާދަކުރަން ހެދި ޕޯސްޓަރެއް
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ރައޫފް ހުވާކޮށް އަލުން އަނެއްކާވެސް ބެންޗަށް
ހައި ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔާކުރި އަބްދުއް ރައޫފް އިބްރާހިމް އަލުން ހުވާކޮށް އެ ކޯޓުގެ ބެންޗަށް އައްޔަންކޮށްފިއެވެ.
Advertisement

ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އަބްދުއް ރައޫފް އިބްރާހިމްގެ އިތިރުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވެސް އައްޔަންކޮށް މަގާމުގެ ހުވާ މިއަދު ވަނީ ކުރައްވާފައެވެ. 

ކޯޓުން ހުސްވި ފަނޑިޔާރުންގެ ދެ މަގާމަށް 19 ބޭފުޅަކު ވާދަ ކުރެއްވިއިރު ހައި ކޯޓު ބެންޗަށް އައްޔަނު ކުރުމަށް ޖޭއެސްސީން  ނިންމާފައިވާ ދެ ބޭފުޅުންގެ ތެރެއިން ރައޫފް ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ވެރިކަމުގައި ދޫކުރި ފްލެޓެއް އޭނާއަށް ހުށަހެޅުމުން ގަބޫލުކުރެއްވި ކަމަށް ބުނެ މިދިޔަ ސަރުކާރުގައި ޖޭއެސްސީން މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

ފަނޑިޔާރުކަމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ސްޓެލްކޯގައި ވެސް ވަޒީފާ އަދާ ކުރެއްވި ރައޫފު ވަނީ  ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވެސް ވާދަކުރައްވައިފަ އެވެ.

ހައިކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ  ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރެއްވި ފަހުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލުގެ މައްޗަށް ކުރެވުނު ކްރޮފްޝަނުގެ ތުހުމަތުތަކަކާ ގުޅިގެން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް