ads
ބާޒާރުމަތީ މަގު ފުޅާކޮށް ނިންމާލާފައި. ދެން އޮތީ ތާރު އަޅަން
ބާޒާރުމަތީ މަގު ފުޅާކޮށް ނިންމާލާ، އަންނަ ހަފްތާގައި ތާރު އަޅަނީ
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒަރުމަތީމަގު ފުޅާކޮށް ނިންމާ އަންނަ ހަފްތާގައި ތާރު އަޅަން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

ބާޒަރުމަތީ މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަގުގެ 9 ވަނަ ދުވަހުއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ވަނީ ބޮޑުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއް ވަނީ ޝީޓް ޕައިލްކޮށް ބިން ވަނީ ހިއްކާފައެވެ. 

your imageބާޒާރުމަތީ މަގު ފުޅާކޮށް ނިންމާލާފައި. ދެން އޮތީ ތާރު އަޅަން

އެމްޓީސީސީން ބުނީ ބަޒާރުމަތީ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އަންނަ ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެ މަސައްކަތާއި އެކު ކާނުތައް ހެދުމާއި މަގުގައި ޖަހަންޖެހޭ ސައިން ބޯޑުތައް ހަރުކުރުމާއި މަގު ބައްތިތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ އަގަކީ 144،509،024.16 ރުފިޔާއެވެ.  

ބާޒާރުމަތި މަގު ފުޅާކޮށް އަންނަ ރޯދަ މަސް ފެށުމުގެ ކުރިން އެމަގު އާއްމުކޮށް ހުޅުވާލާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ރޯދަ މަސް ފެށޭނީ މިމަހުގެ 18 ވަނަދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް