ads
އިލެކްޝަން ކޮމިޝަން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރަން ފަށައިފި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އަތޮޅު ތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި އެވެ.
Advertisement

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެއާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވާނެއެވެ.

މާލެ ސަރަޙައްދުގެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށް ގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މައުލޫމާތު ދޭނެ ގޮތުގެ އިތުރުން ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތުގެ ތަމްރީންތައް ކުރިއަށް ދާނެ ކަަމަށް އީސީއިން ބުނެ އެވެ 

މީގެ އިތުރުން ވޯޓު ގުނުމުގެ ތަފްސީލީ މައުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ތަމްރީންތަކުގެ ތެރޭގައި އަމަލީގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިމަހުގެ 3 އިން 9 އަށް ވަނީ ބާއްވާފަ އެވެ.

ސީއެޗްއެސްސީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 100 އަށްވުރެ ގިނަ ޓްރެއިނަރުން ތަމްރީނު ކޮށްފައިވެ އެވެ.

މި ޓްރެއިނަރުންނަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތައް ކަމަށް އިލެކްޝަނުން ވިދާޅުވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް