ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާނޭ ގޮތްތައް ކަނޑައަޅައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު އިސްލާހު ކުރަނީ
ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާނޭ ގޮތްތައް ކަނޑައަޅައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު އިސްލާހު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުންވެސް މިއަދު ވަނީ އިއްވާފައެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގައި އަމަލުކުރާނޭ ހާއްސަ އުސޫލުތަކެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން އެފަދަ ހާލަތެއްގައި އެ ޤާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތައް ހިންގުމަށް ދަތިވާތީ ކަމާގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އިޖުރާއަތުތަކެއް ބަޔާންކުރުމަށްޓަކެއެވެ. 

އެގޮތުން މި އިސްލާހުގައި ވަނީ ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގިދާނެ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދދުވެރިކޮށް ޝަރީއަތްތައް ކުރިއަށްގެންދެވޭނޭ ހާލަތްތަކާއި އުސޫލުތައް ޤާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރަންވާނޭ ކަމަށް ވެއެވެ. 

މީގެ އިތުރުން މި ބިލުގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާރިސާއެއް އިއުލާނުކޮށްފައިވާ ހާލަތުގަޔާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ ހާލަތުގައި ހާއްސަ އިޖުރާއަތުތަކަށް އަމަލުކުރެވިދާނެކަމަށެވެ. 

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މި ހާއްސަ ހާލަތްތަކުގައި ހައްޔަރުކުރުމާއި ބަންދުކުރުމާބެހޭ ހާއްސަ އިޖުރާއަތުތަޚާއި ހާއްސަ ހާލަތުގައި ބަންދާމެދު ގޮތްނިންމުމާއި ގުޅޭ އިސްލާހުވެސް ހުށަހަޅާފައެވެ. އެގޮތުން ބުނެފައިވަނި ބަންދާއި މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާކަމަށެވެ. 

މީގެ އިތުރުން ހާއްސަ ހާލަތުގައި ބަންދުގައި ހުންނަ މީހާ އާންމު އުސޫލުން ވަކީލާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވެން ނެތްނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލާއި މުއާމަލާތު ކުރެވޭނޭގޮތް ހަމަޖައްސައިދޭންޖެހޭނެ ކަމަށް ވެއެވެ.

މީގެ އިތުރުން ހާއްސަ ހާލަތްތަކުގައި ދައުވާ ކުރުމުގައި ޤާނޫނުގައި ހިނގާނެކަމަށް ބުނެފައިވާ މުއްދަތު ނުހިނގާނެ ކަަމަށާއި، ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ދައުވާ ކުރުމުގެ މުއްދަތުތައް ވެސް މި ހާއްސަ ހާލަތުގައި ނުގުނާނެކަމަށް މި ބިލުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް