ads
ޓިކްޓޮކުން "ބްލޮކް" ކުރުމުން 18 އަހަރުގެ އަންހެނަކު މަރާލައިފި
ޓިކްޓޮކުން "ބްލޮކް" ކުރުމުން އެމެރިކާގައި 18 އަހަރުގެ އަންހެނަކު މަރާލައިފި
އެމެރިކާގެ ޓެކްސަސްގައި ޓިކްޓޮކުން "ބްލޮކް" ކުރިކަމަށް ބުނެ 18 އަހަރުގެ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ކެސިޑީ ޖެކްސަން މަރާލައިފައެވެ.
Advertisement

ސޯޝަލް މީޑިއާގައި ޖެހޭ މައްސަލަތައް ބޮޑުވެ، މީހުން މެރުމާ ހިސާބަށް ދިއުމަކީ މިހާރު ދުނިޔޭގައި ހިނގަމުން އަންނަ ހިތާމަވެރި ކަމެކެވެ. 

އެގޮތުންމި މައްސަލައިގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އުމުރުން 19 އަހަރުގެ ޕައުލޭޝިއާ ބޭންކްސްގެ މައްޗަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގީ ހިއުސްޓަންގައި ހުންނަ ކެސިޑީގެ ގޭގައެވެ. ޕައުލޭޝިއާ ވަނީ ކެސިޑީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް އުނދަގޫ ކޮށްފައެވެ. އަދި ކެސިޑީ އޭނާ ބްލޮކް ކުރުމުން، ޕައުލޭޝިއާ ވަނީ ކެސިޑީގެ ގެއަށް ގޮސް ކުޑަދޮރު ތަޅާލައި، ބަޑި ޖަހައި އޭނާ މަރާލައިފައެވެ. މިއީ ވަރަށް ކުޑަ ކަމަކާ ހެދި ހިނގާފައިވާ ނުރައްކާތެރި ހަމަލާއެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޕައުލޭޝިއާ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ވަނީ އުފުލައިފައެވެ. މި ހާދިސާއަކީ ސޯޝަލް މީޑިއާގެ ސަބަބުން އުފެދޭ ނަފުރަތު ނުރައްކާތެރި ހިސާބަކަށް ގޮސްފައިވާކަން ހާމަވާ ކަމެއް ކަމަށާއި، މިފަދަ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް