ads
ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާ
ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއްދީ 7 ފުލުހުން މަރާލައިފި
ޕާކިސްތާނުގެ އުތުރު ހުޅަނގުގައި އޮންނަ ހައިބަރު ޕަކްތުންހުވާ ޕްރޮވިންސްގައި ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ ހަތް މީހަކު މަރުވެއްޖެއެވެ.
Advertisement

މި ހަމަލާ ދީފައިވަނީ ފުލުހުންގެ ބަޔަކު ޑިއުޓީގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ މައުލޫމާތު ދީފައެވެ. މިއީ ފުލުހުންނަށް އަމާޒުކޮށް އެ ސަރަހައްދުގައި ދިން ނުރައްކާތެރި ހަމަލާއެކެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު، ޓޭންކް ޑިސްޓްރިކްޓްގައެވެ. މަގުމަތީގައި ހަރުކޮށްފައި އޮތް ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ އިސްހާގު ހާން ވެސް ހިމެނެއެވެ. މި ހަމަލާގައި ބޭނުންކޮށްފައިވަނީ ރިމޯޓު ކޮންޓްރޯލް ބޮމެއް ކަމަށާއި، ހަމަލާގެ ސަބަބުން ފުލުހުންގެ ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޯހްސިން ނަގްވީ ވަނީ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ވީ ގުރުބާނީގެ އަގު ވަޒަންކުރައްވާ ކަމަށެވެ. ފަހަކަށް އައިސް ޕާކިސްތާނުގެ މި ސަރަހައްދުގައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތައް ވަނީ އިތުރުވެފައެވެ. މި ހަމަލާގެ ތުހުމަތު ކުރެވެނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް