ސްކޫލްތައް ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އަތޮޅުތަކުގެ ގިނަ ސްކޫލްތަކަށް ވަނީ ފޮތްތައް ފޮނުވާފަ އެވެ.
މިނިސްޓަރު ޔަޤީންކަން ދެއްވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރީން ހުރިހާ ސުކޫލުތަކަށްވެސް ފޮތްތައް ފޮނުވޭނެ ކަމެވެ.
ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަންނަަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުރިހާ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހަމަކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަލަށް ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ އިދާރީ މަސައްކަތްތަކުގެ އިތުރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ބޭނުންވާ ކުދިންގެ އިދާރީ ކަންކަން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ސުކޫލުތައް ހުޅުވުމުގެ ކުރިން ފޮތްތައް ފޮނުވޭނެކަމުގެ ޔަގީންކަން ދިންއިރު، މީގެކުރިން ވެސް ސުކޫލުތަކުގެ ކިޔެވުން ފެށޭއިރު، ފޮތްތައް ހަމަނުވުމުގެ މައްސަލަ ދިމާވެފައި އެބަ ހުއްޓެވެ.