ދުބާއީގެ އަބޫދާބީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓާރް އޮފް ޓުއަރިޒަމް އެންޑް އެންވާރަމަންޓް ތާރިގް އިބްރާހީމާއި، އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ، އައިރީނާގެ ޑައިރެކްޓާ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ހަކަތައިގެ ދާއިރާއިން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަނެ، އެކަމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ އާއި އެކު އެވާރަމަންޓް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން
މީގެއިތުރުން ތިމާވެށި ޙިމާޔަތް ކުރުމާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ރާއްޖެއާއި އައިރީނާއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
އަދި ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ ޖޮއިންޓް ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ޚިޔާލު ބަދަލުކޮށްފަ އެވެ.