ads
ޝިވިން---
ބިއްލޫރު މޭޒެއްގެ މައްޗަށް ވެއްޓި ޝިވިން އަށް އަނިޔާ ވެއްޖެ
ބިއްލޫރު މޭޒެއްގެ މައްޗަށް ވެއްޓި އެކްޓަރު ޝިވިން ނާރަންއަށް އަނިޔާ ވެއްޖެ އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ޝިވިންގެ ގާތް މީހަކު ބުނީ ޝިވިން ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓި މޭޒު ތަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

ލިބުނު އަނިޔާ އާއެކު ލޭމަނާ ނުވުމުގެ ސަބަބުން އޭނާ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް ހަބަރުތަކުން ބުނެ އެވެ. 

އެކަމަކު އޭނާގެ ހާލު އެހާ ގޯސް ނޫން ކަމަށް ވެސް ބުނެ އެވެ. ޝިވިންގެ ގާތް މީހަކާއި ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލުތަކުގައި ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ވެސް އޭނާގެ ކައިރިއަށް ނުވަދެވެ އެވެ. 

ޝިވިން އަކީ ޓީވީ އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ފަންނާނެކެވެ. "އޭކް ވީރް ކީ އަރްދާސް: ވީރާ" އިން ވީރުގެ ރޯލުން ގިނަ ބައެއްގެ މަގުބޫލު ކަން ހޯދި ޝިވިން ވަނީ "ބޭހަދް 2" އަދި "އިންޓަނެޓް ވާލާ ލަވް" އިން ވެސް ފެނިގެން ގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް