ads
އަލްވަދާއުގެ ޕޯސްޓަރު
ޔޫތް ހަބުގައި ޑާކް ރެއިންގެ 3 ފިލްމެއް ހިލޭ ބަލާލުމުގެ ފުރުސަތު ހުޅުވާލަނީ
ޔޫތް ހަބުގައި ޑާކް ރެއިންގެ 3 ފިލްމެއް ހިލޭ ބަލާލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޔޫތް މިނިސްޓްރީން ބުނީ އަޅުވަން ނިންމާފައިވަނީ އަލިފާން އަލްވަދާއު އަދި ފުރޭތަ ކަމުގައި އެވެ. 

އެ މިނިސްޓްރީން ބުނީ މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ ޔޫތު ހަބުގައި "އަލިފާން" ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 16 ވާ ހުކުރު ދުވަހުގެ ރޭ "އަލްވަދާޢު" އެޅުވުމަށް ހަމަޖެހިފައިވާއިރު، 17 ވާ ހޮނިހިރު ދުވަހުގެ ރޭ "ފުރޭތަ" އެޅުވުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ. 

your imageއަލިފާނުގެ ޕޯސްޓަަރު

މި ތިން ފިލްމަކީވެސް 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމުތަކެކެވެ. ޔޫތު ހަބުން މި ފިލްމުތައް ހިލޭ ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ކަމާއި ގުޅިގެން ޑާކް ރެއިންގެ ފަރާތުން ސީއެންއެމް އާއި ވާހަކަ ދައްކަވަމުން މުހައްމަދު އަލީ (މޮގާ) ބުނީ މިކަމާކީ ޔޫތުންނަށް ޓަކާއި ސަރުކާރުން ކޮށްދޭ ކަމަކަށް ވުމުން މިކަން މި ފިލްމުތައް އަޅުވަން ނިންމާފައިވަނީ ހިލޭ ސާބަހަށް ކަމުގައި އެވެ. 

your imageފުރޭތަގެ ޕޯސްޓަރު

އަދި ކޮންމެ ފިލްމެއް ނިންމާލުމަށްފަހު އެ ފިލްމަކާއި ގުޅޭ ގޮތުން ބެލުންތެރިންގެ ހިތުގައި އުފެދިދާނެ ސުވާލުތަކަށް ޖަވާބު ދިނުމަށް އެ ފިލްމެއްގެ ވާހަކަ ލިޔުންތެރިޔާ ނުވަތަ ޑިރެކްޓަރު އެތަނުގައި ބެހެއްޓުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމުގައި މޮގާ ފާހަގަ ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް