މި ހަރަކާތް ބާއްވާނީ މި ހުކުރު ދުވަހުގެ ހަވީރު 4 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާ އެކު ކުރިއަށްގެންދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.
މި ހަރަކާތް ފަށާނީ ރާއްޖޭގެ ޒުވާން ފަންނާނެއް ކަމަށްވާ ޑީޖޭ މީކާގެ ފޯރިގަދަ ހުށަހެޅުމަކުންނެވެ. އުމުރުން އެންމެ 17 އަހަރުގެ މީކާ އަކީ އޭނާގެ ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ފަންނާނެކެވެ.
އެގޮތުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 އާ ގުޅުވައިގެން ބޭއްވި "ދިރާގު އެކްސް އައިސިކް" ޝޯގައި ވެސް ޑީޖޭ މީކާ ވަނީ އޭނާގެ މިއުޒިކީ ހުނަރާއި ފޯރިގަދަ ހުށަހެޅުންތައް ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު މި އަހަރުގެ މާޗް 31 ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބަ އޮތެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.