ads
ބަންގްލަދޭޝްއިން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަނީ
އަންނަ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާ ގުޅިގެން، އެ ގައުމަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާ ގުޅިގެން، 15 ޖެނުއަރީ އިން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެ ގައުމުން ނިންމާފައިވާ ކަމަށެވެ.

"އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބަންގްލަދޭޝްގެ ވިސާއާ ގުޅޭ އިތުރު ތަފުސީލުތައް ބަންގްލަދޭޝްގެ އިމިގްރޭޝަން ސައިޓުން ލިބޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ވިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ފޮރިން މިނިސްޓްރީން އިރުޝާދު ދެ އެވެ.

މީގެ އިތުރުން، އޮން އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މައުލޫމާތު ބަންގްލަދޭޝް ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ލިންކު މެދުވެރިކޮށްވެސް ބަލާލެވޭނެ ކަމަށް އެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް