އާރްޑީސީން ބުނީ މި އިމާރާތަކީ ހަތަރު ކްލާސް ރޫމް ހިމެނޭ ދެ ބުރީގެ އިމާރާތެއް ކަމުގައި އެވެ
މި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ކޯޕަރޭޝަން އިން ބުނެ އެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 29 ވަނަ ދުވަހު ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އެ ކޯޕަރޭޝަނުން ބުނީ މިހާރު އަމަޒަކީ މި އަހަރުގެ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަމުގަ އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެންފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ، އެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިފައެވެ.
1200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފެންފުށީ ސްކޫލުގެ ޖާގައިގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ރައްޔިތުން އެދިފައިވާ ގޮތަށް، ފެންފުށީ ސްކޫލުގެ ކްލާސްރޫމް އިމާރާތުގެ މަސައްކަތް، ދިރާސީ އަހަރުގެ ކުރިން ނިންމަންދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.