އަހަރުގެ ފުރަތަމ ކުރޫޒާ ލައިންގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ 'އެމްއެސް ކްރިސްޓަލް ސިމްފަނީ' އެވެ. މި ކުރޫޒްލައިނާ ރާއްޖެ އައީ ސީޝެލްސްގެ މަހޭއިން ފުރައިގެން ނެވެ.
އިމިގްރޭޝަނުން ބުނީ މި ކުރޫޒްލައިނާގައި 479 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. އަދި ބޯޓްގެ ކުރޫންގެ ގޮތުގައި 491 މީހަކުވެސް އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ ހުރިހާ އެންމެނަށް ޕޯޓް ކްލައިއަރެންސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ވަނީ ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކްރޫޒް ލައިނާތަކުގައި އަންނަ ފަތުރުވެރިން ބާލަން ހުއްދަދީފައި އޮންނަނީ އެއް ނަމްބަރު ފާލަން ހިމެނޭ ސަރަހައްދަށެވެ.