އެކުންފުނިން ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ހަދާފައިވާ ގަވައިދިގެ ސަބަބުން މާލީ ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ. އަދި އެ ގަވައިދުގެ ސަބަބުން ކުންފުނީގެ ހިންގުމާއި މުވައްޒަފުންނަށް ކުރިމަތިވެދާބެ ދަތިތަކާއި ގުޅޭގޮތުން ކަމާއި ބެހޭ އިދރާތަކާއި މަޝްވަރާކުރި ނަމަވެސް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށްވެސް އެ މެމޯގައިވެއެވެ.
އެހެންކަމުން މި މަހުން ފެށިގެން ހުރިހާ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިންކަމަށް ސަން ގްރޫޕުން ބުނެއެވެ. އޭގައި ދިވެހި މުވައްޒަފުންގެ އިތުރުން ބޭރުގެ މުވައްޒަފުންވެސް ހިމެނޭކަން އެ ކުންފުނިން ވަނީ ބުނެފައެވެ.
މިހާރުވެސް ޑޮލަރުން މުސާރަ ދެމުން އަންނަ ސަން ގްރޫޕިގެ ރިސޯޓްތަކުގައި 500 ވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ބޭރު ފައިސާގެ ގާނޫނެއް އެކުލަވާ އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ.
މި ގާނޫނުގެ ދަށުން ކުރަން ޖެހޭކަންކަން
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖް ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރު ކުރުން ހުއްޓުވައި އެ ފައިސާ މުވައްޒަފުންނަށް ޑޮލަރުން ދޭން ނުވަތަ ސާވިސް ޗާޖު ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން ބަދަލުނުކޮށް ދޭން ލާޒިމް ކުރާ ގޮތަށް ގާނޫނު ބަދަލުކުރަން އިދިކޮޅު އެމްޑީޕީން މިދިޔަ މަހު ވަނީ މަޖިލިހަށް ހުށަހަޅައިފައެވެ.