ads
ފަރަށް އެރީ ފެރީން ދަތުރުކުރި މީހުން ފަރުމަތީގައި
60 ވުރެ ގިނަ ފަތުރިވެރިން ގޮވައިގެންދިޔަ ފެރީ ފަރަށް އަރައިފި
72 މީހުން ގޮވައިގެން ކ. މާފުއްޓަށް ދަތުރުކުރި ދޯނި ފެރީއެއް މިއަދު ފަރަށް އަރައިފި އެވެ.
Advertisement

މެރިން ޕޮލިސްގެ ބުނީ 72 މީހަކު ގޮވައިގެން މާފުއްޓަށް ދަތުރުކުރި ފެރީގެ އިންޖީނު ހުއްޓި، އެނބޫދޫ ފަރަށް އެރީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. އެ ފެރީން ދަތުރުކުރި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

your imageފަރަށް އެރި ދޯނީގައި ތިބި މީހުން ސަލާމަތްކޮށްގެން ގެންދަނީ

އެ ފެރީގައި ތިބީ 67 ޓޫރިސްޓަކާއި ތިން ދިވެއްސަކާއި ބިދޭސީ ދެ ފަޅުވެރިއަކު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ފެރީ ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް