މި ފިޔަވަޅު އަޅާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އީރާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެތެރޭގެ އުދުހުންތަކާއި އިންޓަނޭޝަނަލް ދަތުރުތައް ވެސް މި ވަގުތަށް ހުއްޓިފައިވާ ކަމަށެވެ. އަދި ވައިގެ ދަތުރުތައް އަލުން ފަށާނެ ވަކި ގަޑިއެއް ކަނޑައަޅާނީ ހާލަތަށް ބެލުމަށް ފަހު ކަމަށް އެ އިދާރާއިން ބުންޏެވެ.
މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ސަރަހައްދީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.