ads
"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ - ފައިލް ފޮޓޯ: ރައީސް އޮފީސް
އެންސީއައިޓީ އުވާލައި މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައިފި
ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ ވަނީ އުވާލައްވާފައި
ރައީސް ޑރ މުހައްމަދު މުއިއްޒު، "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އުފައްދަވައި، އެއިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، "ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" (އެންސީއައިޓީ) މިއަދު އުވައިލައްވައިފި އެވެ.
Advertisement

ރައީސް މުއިއްޒު މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި، އެންސީއައިޓީ އުވާލެއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެންސީއައިޓީގެ ބަދަލުގައި މިއަދު އަލަށް އުފެއްދެވި މޯލްޑިވްސް ޑިޖިޓަލް ސާވިސް ހިންގާނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުންނެވެ.

މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދެވުމާ ގުޅިގެން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެންސީއައިޓީއިން މިހާތަނަށް ކުރަމުން އައި މަސައްކަތްތައް ކުރާނީ ވެސް މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ 1137 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/4 ވަނަ ދެންނެވުމުން ވަނީ އަންގަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް