ads
ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ
ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ވައިޓްރޯސް / މާލެ، ނުހާމް މުހައްމަދު ޝިޔާން (25އ) އެވެ.

ހުޅުމާލެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި ވޭޕް އަދި ޕޮޑްގެ އިތުރުން ފައިސާ ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ނުހާމް މުޙައްމަދު ޝިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުަމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން މަނާކުރީ 15 ޑިސެމްބަރު 2024 ގައެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;