ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެލާ ރިސޯޓުން ހަދިޔާކުރި ތަކެތި އެރަށައް ގެނައީ މިއަދު ކަމަށެވެ. އޭގެ ތެރޭގައި 3000 އަންގިއާ މާސްކު ހިމެނޭކަމަށެވެ.
ވެލާ ރިސޯޓުން ނަރޫދޫއަށް ކޮވިޑް-19އިން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި ފޮނުވާފައިވާއިރު ނ. ފޮއްދޫއަށްވެސް އިއްޔެ ވަނީ ތަކެތި ފޯރުކޮށްދީފަ އެވެ.
ނަރޫދޫއަށް ވެލާ ރިސޯޓުން ހަދިޔާކުރި ތަކެތި
ކޮވިޑް-19 ގައި ވެލާ ރިސޯޓުގެ އޯނަރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު 10000 ޓެސްޓް ކިޓާއި ފަސް ވެންޓިލޭޓަރުގެ އިތުރުން ރާއްޖެއަށް 100000 ފޭސް މާސްކް އަދި 200 ރެސްޕިރޭޓާ އާއި 500 ޕީޕީއީ ކިޓް ހަދިޔާކޮށްފައިވެ އެވެ.