ads
ފްރެޑީ އަދި ނަތަލީ ސެޓާނީ
ފްރެޑީ މާކިއަރީގެ "ސިއްރު ދަރި" ކަމަށް ބުނަމުންދިޔަ މީހާ ކެންސަރު ބަލީގައި މަރުވެއްޖެ
މަޝްހޫރު މިއުޒިކް ބޭންޑް "ކްއީން" ގެ ލަވަކިޔުންތެރިޔާ ފްރެޑީ މާކިއަރީގެ ސިއްރު ދަރިއެއް ކަމަށް ދައުވާ ކުރަމުން އައި އަންހެން މީހާ މަރުވެއްޖެއެވެ.
Advertisement

ނަތަލީ ސެޓާނީ ނަމަކަށް ކިޔާ މި މީހާ މަރުވެފައިވަނީ އުމުރުން 48 އަހަރުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަރުވީ ކެންސަރު ބަލީގައެވެ.

ނަތަލީ ބުނަމުން ދިޔަ ގޮތުގައި އޭނާގެ މަންމައާއި ފްރެޑީ މާކިއަރީ ދިމާވެފައިވަނީ ޖަރުމަނުގެ މިއުނިކްގެ ބާ އެއްގެ ތެރެއިންނެވެ. އަދި އޭނާ އުފަންވީ އެ ދެމީހުންގެ ގުޅުމަށް ނުވަ މަސް ފުރުނު ތަނާ ކަމަށް އޭނާ ދައުވާ ކުރެއެވެ. ނަތަލީ ވަނީ ފްރެޑީއާއި އޭނާއާ ވައްތަރު ގޮތްތަކެއް ހުރި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ ފޮޓޯތަކެއް ވެސް މީގެ ކުރިން ހިއްސާކޮށްފައެވެ.

ފްރެޑީގެ ދަރިއެއްކަން ސާބިތުކޮށްދިނުމަށް ޑީއެންއޭ ޓެސްޓު ހެދުމަށް ނަތަލީ ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ފްރެޑީގެ އާއިލާއާއި އެސްޓޭޓުން އެކަމަށް އެއްބާރުލުން ދީފައެއް ނުވެއެވެ. އެހެންކަމުން މަރުވިއިރު ވެސް އޭނާއަކީ ފްރެޑީގެ ދަރިއެއްކަން ސައިންޓިފިކް ގޮތުން ސާބިތު ކުރެވިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް