ads
ސެލީން ޑިއޮން ފިރިމީހާއާއެކު
ފިރިމީހާގެ ހަނދާނުގައި ސެލީން ޑިއޮން އަދި 3 ދަރިން އަސަރުގަދަ މެސެޖެއް
މިއުޒިކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ތަރި ސެލީން ޑިއޮންގެ ފިރިމީހާ ރެނޭ އެންޖެލިލް ނިޔާވިތާ 10 އަހަރު ފުރުމާ ގުޅިގެން، އޭނާގެ ހަނދާނުގައި އާއިލާއިން އަސަރުގަދަ މެސެޖެއް ހިއްސާކޮށްފިއެވެ.
Advertisement

ސެލީން ޑިއޮން އާއި އޭނާގެ ތިން ފިރިހެން ދަރިން ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރި މި މެސެޖުގައި ބުނެފައިވަނީ، ރެނޭ ވަކިވެދިޔަތާ ދިހަ އަހަރު ވެފައިވީ ނަމަވެސް، އޭނާގެ ހަނދާންތައް އަދިވެސް އާއިލާގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ކަމަށެވެ.

މި މެސެޖު ލިޔެފައިވަނީ ސެލީން ޑިއޮންގެ އިތުރުން ދޮށީ ދަރިފުޅު ރެނޭ-ޗާލްސް އާއި އެއްމާބަނޑު ދެކުދިން ކަމަށްވާ ނެލްސަން އަދި އެޑީގެ ފަރާތުންނެވެ. 

އެމީހުން ބުނެފައިވާ ގޮތުގައި "ބައްޕަ ނެތި ދިޔަ ކޮންމެ ދުވަހަކީ ވެސް އުނދަގޫ ދުވަސްތަކެއް ކަމަށާއި، ނަމަވެސް އޭނާ ދިން ލޯތްބާއި އަޅާލުން އަބަދުވެސް ހަނދާން ހުންނާނެ،" ކަމަށެވެ. އަދި އާއިލާ އެކަތިގަނޑެއްގެ ގޮތުގައި ދެމިއޮތުމަށް ރެނޭ ދަސްކޮށްދިން ފިލާވަޅުތަކުގެ މަތިން ހަނދާންކޮށް، އޭނާއަށް ޝުކުރު އަދާކޮށްފައިވެއެވެ.

ރެނޭ އެންޖެލިލް މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް 2016 ވަނަ އަހަރުއެވެ. އޭނާއަކީ ހަމައެކަނި ސެލީން ޑިއޮންގެ ފިރިމީހާ ނޫން ކަމަށާއި، އޭނާގެ މިއުޒިކީ ހަޔާތް ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މެނޭޖަރު ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ. ފިރިމީހާ ނިޔާވުމަށްފަހު ސެލީން ޑިއޮން އަންނަނީ އޭނާގެ ސިއްހީ ހާލަތަށް ބަލައި، ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް