ads
ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކެއް
އޮސްޓްރޭލިއާގައި 4.5 މިލިއަން ކުދިންނަށް ސޯޝަލް މީޑިއާއަށް ނުވަދެވޭގޮތް ހަދައިފި
އޮސްޓްރޭލިއާގައި ކުޑަކުދިންނާއި ޒުވާނުން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، އެ ގައުމުގެ އެތައް މިލިއަން ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ނުވަދެވޭގޮތް ހަދައިފިއެވެ.
Advertisement

މިއީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ އެކިއެކި ގޯނާތަކުން ކުދިން ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުން ބުނެއެވެ.

މި އާ ގަވާއިދަށް އަމަލުކުރަން ފެށިތާ ފުރަތަމަ މަހު އެކަނިވެސް ޒުވާން އުމުރުފުރައިގެ ކުދިންގެ 4.7 މިލިއަނާ ގާތްކުރާ އަދަދެއްގެ އެކައުންޓަށް ވަނީ އަސަރުކޮށްފައެވެ. މި ބަދަލާއެކު އޮސްޓްރޭލިއާގެ އާބާދީގެ ބޮޑު ބަޔަކަށް ސޯޝަލް މީޑިއާގެ ނުފޫޒުން އެއްކިބާވެ ތިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ސަރުކާރުން ބުނާގޮތުގައި މި ފިޔަވަޅަކީ ކުދިންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެކެވެ.

އޮސްޓްރޭލިއާގެ މި ނިންމުމަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ބޮޑު ނިންމުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުންވެސް މިހާރު އަންނަނީ ކުޑަކުދިން ސޯޝަލް މީޑިއާއާ ދުރުކުރުމަށް މިފަދަ ފިޔަވަޅުތައް އެޅުމާމެދު ވިސްނަމުންނެވެ. މިކަމުގެ ސަބަބުން ސޯޝަލް މީޑިއާ ހިންގާ ބޮޑެތި ކުންފުނިތަކަށްވެސް އެމީހުންގެ ސިޔާސަތުތައް ބަދަލުކުރުމަށް މަޖުބޫރުވެގެންދާނެ ކަމަށް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް