ads
ގްރޮކް
ކުޑަކުދިންނަށް ނުރައްކާވާ ކަމަށް ބުނެ ފިލިޕީންސް އިން ގްރޮކް ބްލޮކް ކުރަނީ
އީލޮން މަސްކްގެ އެކްސް ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމް ކަމަށްވާ "ގްރޮކް" އަށް ފިލިޕީންސްގައި ނުވަދެވޭ ގޮތް ހެދުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށައިފިއެވެ.
Advertisement

ފިލިޕީންސް ސަރުކާރުން މި ފިޔަވަޅު އަޅަން ނިންމީ ގްރޮކްގެ ސަބަބުން ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އިންޓަނެޓުގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ފިލިޕީންސްގެ ސައިބާކްރައިމް އިންވެސްޓިގޭޝަން އެންޑް ކޯޑިނޭޓިން ސެންޓަރުން ހާމަކުރި ގޮތުގައި ގްރޮކް ބްލޮކް ކުރަން ޖެހެނީ އެ ގައުމުގެ ގާނޫނުތަކާ އެ ޕްލެޓްފޯމުން ހިލާފުވާތީއެވެ. ހާއްސަކޮށް ކުޑަކުދިންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި، އިންޓަނެޓުގެ ޒަރިއްޔާއިން ކުދިންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކުރުމަށް ހަދާފައިވާ އުސޫލުތަކަށް ގްރޮކް އިން ފުރިހަމައަށް އަމަލު ނުކުރާކަން އެ އިދާރާއިން ފާހަގަކުރެއެވެ. މިކަމާ ގުޅިގެން އެ ޕްލެޓްފޯމް ބްލޮކް ކުރުމުގެ އަމުރެއް ނެރުމަށް އެ އިދާރާއިން މިހާރު ވަނީ ތައްޔާރުވެފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ޓޫލްތައް ރެގިއުލޭޓް ކުރުމަށް ގާނޫނީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ފިލިޕީންސްގެ މި ނިންމުމަކީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނަށް ލިބިދާނެ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތައް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ. ނަމަވެސް އެކްސް އިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް