ads
އެޗްޑީސީން ބާއްވަމުން އަންނަ ‘ރޯދަ ބާޒާރު ފެސްޓިވަލް’ގެ ތެރެއިން
"ރޯދަ ބާޒާރު ފެސްޓިވަލް" އިން ސްޓޯލު ދޫކުރަން އެޗްޑީސީން ހުޅުވާލަނީ
މި އަހަރުގެ ރަމަޟާންމަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ރޯދަ ބާޒާރު ފެސްޓިވަލް’ އިން ސްޓޯލް ކުއްޔަށް ދޫކުރަން އެޗްޑީސީން ނިންމައިފި އެވެ.
Advertisement

އެޗްޑީސީން ބުނީ މި އަހަރުގެ ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ރޯދަ ބާޒާރު ފެސްޓިވަލް’ ކުރިޔަށްދާނީ ހުޅުމާލޭ ސެންޓަރަލް ޕާކުގައިކަމަށެވެ. 

މި ފެސްޓިވަލުން ސްޓޯލް ކުއްޔަން ހިފަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ އާދިއްތަ ހުޅުވާލާނެކަމަށް އެޗްޑީސީން ބުނެއެވެ. ސްޓޯލް ކުއްޔަން ހިފަން ބޭނުންވާ ފޯމު ދޫކޮށް ބަލައިގަންނާނީ އެ ކުންފުނީގެ ވެބްސައިޓްގައިވާ އާއްމުކުރާ އޮންލައިން ލިންކު މެދުވެރިކޮށްކަމަށް އެޗްޑީސީން ބުނެއެވެ. 

ސްޓޯލް ކުއްޔަށް ދޫކުރާނީ ފަސްޓްކަމް ފަސްޓް ސާވް އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށްކަމަށްވެސް އެޗްޑީސީން ބުނެއެވެ. 

ފޯމު ހުށައަޅަން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 އިންކަމަށާއި ފޯމް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީހަކީ 20 ޖެނުއަރީގެ 12:00 ކަމަށް އެޗްޑީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް