ads
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން 5 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް 5 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
Advertisement

މި ހުކުމް އިއްވާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ އިއުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު (މާޝަލް ލޯ) އާ ގުޅިގެން އުފުލުނު ދައުވާތައް ސާބިތުވުމުންނެވެ.

ކޯޓުން ނިންމާފައިވާ ގޮތުގައި މާޝަލް ލޯ އިއުލާނުކުރެއްވުމުގައި އޭނާ ވަނީ ގާނޫނާ ޚިލާފުވެވަޑައިގެންފަ އެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން މާޝަލް ލޯ އިއުލާނުކުރުމާ ގުޅޭ ކުށްތައް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މިގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ޔޫން މާޝަލް ލޯ އިއުލާނުކުރެއްވުމާއެކު އެ ގައުމުގައި ސިޔާސީ ގޮތުން ބޮޑު ހަމަނުޖެހުމެއް އުފެދިގެން ދިޔަ އެވެ. އޭރު އެ ނިންމެވުމާ ދެކޮޅަށް ގާނޫނު ހަދާ މަޖިލީހާއި އާންމު ރައްޔިތުން ނުކުމެ ވަރުގަދަޔަށް އަޑުއުފުލާފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ރައީސްކަމުގެ މަގާމު ވެސް ގެއްލިގެން ދިޔަ އެވެ.

މި ހުކުމާއެކު ޔޫން ވެގެން ގޮސްފައިވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގެންނެވި ދެކުނު ކޮރެއާގެ ކުރީގެ ރައީސުންގެ ލިސްޓަށް އިތުރުވި ބޭފުޅަކަށެވެ. މީގެ ކުރިން ވެސް އެ ގައުމުގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން ވަނީ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށުގައި ޖަލަށް ލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް