ads
އިޒްރޭލު ސިފައިން ބިސްތައް ތަޅައިލުން
އިޒްރޭލުގެ އޮޕަރޭޝަނެއްގައި އެތައް ހާސް ބިސް ތަޅާލައިފި
އިޒްރޭލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ވަދެ އެތައް ހާސް ކުކުޅު ބިހެއް ހަލާކުކޮށްލައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިޒްރޭލު ސިފައިން ވަނީ ބިސް ރައްކާކޮށްފައި ހުރި ގުދަނަކަށް ވަދެ، އެތަނުގައި ހުރި ބިސް ކާޓޫނުތައް ބިންމައްޗަށް އުކާލައި، ބިސްތައް ތަޅައި ހަލާކުކޮށްލާފަ އެވެ. އަދި ބައެއް ސިފައިން އެތަކެތީގެ މައްޗަށް އަރައި ފައިން އަރައި ހަލާކުކުރާ މަންޒަރު ވެސް ފެނެ އެވެ. 

މި ހަމަލާގައި 15،000 އަށްވުރެ ގިނަ ބިސް ތަޅާލާފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކާބޯތަކެއްޗަށް ޖެހި، ބަނޑުހައިހޫނުކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބެން ހުރި މުހިންމު ކާނާގެ ބާވަތެއް ވަނީ ނެތިގެން ގޮސްފަ އެވެ.

ދަނޑުވެރިންނާއި އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި މިއީ އިޒްރޭލު ސިފައިން ގަސްތުގައި ދިން ގެއްލުމެކެވެ. އަދި މިއީ ހަމައެކަނި މާލީ ގޮތުން ދިން ގެއްލުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުން ބަނޑަށް ޖެއްސުމަށް ހިންގާ އަމަލުތަކުގެ ބައެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މިކަމާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މީގެ ކުރިން ވެސް ދަނޑުބިންތަކާއި ކާބޯތަކެތި އުފައްދާ ތަންތަނަށް އިޒްރޭލު ސިފައިން ގެއްލުން ދީފައިވާކަން ފާހަގަކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް