އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އެންމެ ފޯރި ގަދައީ މާލޭ މޭޔަރުކަމުގެ ޓިކެޓަށެވެ. އެ ޓިކެޓަށް ވާދަކުރީ މާލެ ސިޓީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެމްބަރު، އަލީ އާޒިމް އެވެ. އާދަމް އާޒިމް ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފެކްޝަނުންނެވެ. އަލީ އާޒިމް ވާދަކުރަނީ ރައީސް ނަޝީދުގެ ތާއީދާއެކުއެވެ.
މިހާތަނަށް ގުނި ހުރިހާ ފޮށްޓެއްހެން ކާމިޔާބު ކުރައްވާފައިވަނީ އާދަމް އާޒިމް އެވެ. އަލީ އާޒިމްގެ މައްޗަށް އާދަމް އާޒިމް ކުރި ހޯއްދެވީ ވޯޓުގެ %60 އަށް ވުރެ މަތިންނެވެ.
އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަމަށް ފުރަތަމަ ވަޑައިގަތީ 2024 ގައެވެ.