ads
ރައީސް ޔާމީން
އެންމެ މަގްބޫލް ސިޔާސީ ފަރާތަކަށް ޔާމީން: ޕޯލް
އާންމުންގެ ތެރޭގައި އެންމެ މަގްބޫލް ސިޔާސީ ފަރާތަކީ ކުރީ ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ބާނި ސެންޓަ ފޮ އިންޓަނޭޝަނަލް ޕޮލިސީ އިން ނެގި އާންމުންގެ ހިޔާލު ހޯދުމުގެ ޕޯލްއަކުން ދައްކައިފި އެވެ
Advertisement

ބާނީ އިން ބުނިގޮތުގައި މި ވޯޓް ނަގާފައިވަނީ 2028 ވަނަ އަހަރު ވެރިކަމަށް ކުރިމަތި ލާނެ ކަމަށް ބެލެވޭ ނުވަތަ ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ބައިވެރިވާނެ ކަމަށް ބެލެވޭ 6 ސިޔާސީ ބޭފުޅުންގެ މެދުގައި ކަމުގަ އެވެ. 

ސިޔާސީ ލީޑަރުންނަށް 10 ޕޮއިންޓްގެ ތެރެއިން ލިބުނު ޕޮއިންޓްގެ އަދަދު:

  1. އަބްދުﷲ ޔާމީން - 5.6 ޕޮއިންޓް
  2. މުހައްމަދު މުއިއްޒު - 5.3 ޕޮއިންޓް
  3. މުހައްމަދު ނަޝީދު - 4.9 ޕޮއިންޓް
  4. އިބްރާހިމް މުހައްމަދު ސޯލިހު - 4.5 ޕޮއިންޓް
  5. އަބްދުﷲ ޝާހިދު - 2.3 ޕޮއިންޓް
  6. ފައްޔާޒް އިސްމާއިލް - 2.1 ޕޮއިންޓް

 

ބާނީ އިން ހާމަ ކުރި ގޮތުގައި މި ޕޯލް ކުރިޔަށް ގެންގޮސްފައިވަނީ ފޯން ކޯލްގެ ޒަރިއްޔާއިން ކަމަށާއި އޭގޮތުން 391 މީހެއްގެ ވިސްނުން މިކަމުގައި ނަގާފައިވާނެ ކަމުގަ އެވެ. 

ބާނީ އިން އިތުރަށް ބުނި ގޮތުގައި އެ ފޯން ކޯލްތައް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 1 ވަނަ ދުވަހާއި ހަމަޔަށް ކަމުގައި އެވެ. 

މީގެ ކުރިން ބާނި ޖަމިއްޔާއިން ނެގި ޕޯލްއަކުން ވަނީ 62 އިންސައްތަ މީހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތް "އެޕްރޫވް"ކުރާ ކަމަށް ނުވަތަ އެ މަނިކުފާނަށް ތާއީދުކުރާ ކަމަށް ވެސް ދައްކާފަ އެވެ. އެއީ، ރައީސްގެ އެޕްރޫވަލް ރޭޓިން ނުވަތަ ތާއީދު ހުރި މިންވަރު ވަޒަންކުރި ނެގި ސާވޭއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް