ads
ބަރުބަރީ މިސްކިތުގެ އާ އިމާރާތް: ރޯދައަށް އެ މިސްކިތް އަލުން ހުޅުވަން ވަނީ ނިންމައިފައި - ފޮޓޯ: މިނިސްޓަރު ޝަހީމް
ބަރުބަރީ މިސްކިތް ރޯދައިގެ ކުރިން ހުޅުވަނީ
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް އަންނަ ރޯދަ މަހުގެކުރިން ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާ އެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގަ އެވެ.

އާ އިމާރާތުގައި 1000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަރުބަރީ މިސްކިތް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ. އަދި އަންނަ ރޯދަ މަހު އެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީލާދީ ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް