މި ހަރަކާތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.
މި ތަމްރީންތައް މާލެ ކައިރީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ 35 އަހަރު ކުރިން މި އެކްސަސައިޒު ފެށީ، އިންޑިއާ އަދި ރާއްޖޭގެ ކޯސްޓުގާޑާ އެކުގަ އެވެ. އަދި ލަންކާ މި ތަމްރީނާ ގުޅުނީ ނަމަވެސް 2012 ގަ އެވެ. މި އެކްސަސައިޒު މި އަހަރު ކުރިއަށް މިއަދުން ފެށިގެން 19 އާ ހަމައަށެވެ.
"ދޯސްތީ" ތަމްރީނަކީ އެއް ގައުމު އަނެއް ގައުމުގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށާއި، އިތުބާރު ގާއިމުކުރުމަށާއި، އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ގުޅިގެން އިޖާބަދިނުމުގެ ތައްޔާރީތައް ވަރުގަދަކުރުމަށް މަގުފަހިކޮށްދޭ މުހިންމު ތަމްރީނެކެވެ.