ads
ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުގައި މީހަކު އިންޓަވިއު ކުރަނީ - ފޮޓޯ: އެމްޓީސީސީ
ޓެކްސީލައިންގެ އިންޓަވިއުއަށް ބޮޑު ތަރުހީބެއް
ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަވިއުގައި 250އަށް ވުރެއް ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
Advertisement

ޓެކްސީ ހިދުމަތަށް 407 ޑްރަައިވަރުން ހޯދަން އެމްޓީސީސީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރުމުން ކުރިމަތިލީ 366 މީހެކެވެ.

ޕާޓް-ޓައިމްކޮށް އަދި ފުލް-ޓައިމްކޮށް މަސައްކަތް ކުރާނެ ޓްރައިވަރުން ހޯދާއިރު، ފޯމު ހުށަހެޅި މީހުންގެ ތެރެއިން ވަޒީފާ ހަމަޖެހުނު މީހުންގެ އަދަދެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.

މާފަންނު ބަސް ޓާމިނަލުގައި ކުރިއަށްގެންދިޔަ މި ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ވަނީ ޒިޔާރަތްކޮށްފަ އެވެ. ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް އިންޓަވިއުކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެމްޓީސީސީއިން ބުނީ މިކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

your imageޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުއަށް ދިޔަ ބައެއް މީހުން އިންޓަވިއުއަށް މަޑުކޮށްގެން - ފޮޓޯ: އެމްޓީސީސީ

މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެގޮތުން 269 ފަރާތަކާއި އިންޓަވިއުކޮށްފައިވާކަމަށް އެމްޓީސީއިން ބުންޏެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ިހދުމަތްތަކުގެ ސްޓައިލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް