ads
އެންސްޕާއިން އެހީގެ ގޮތުގައި މިދިޔަ މަހު އެކަނި ވެސް 54 މިލިއަން ރުފިޔާ ދީފި
ބޭސްފަރުވާ ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީވުމުގެ ގޮތުން ޑިސެމްބަރު މަހު އެކަނި ވެސް 54 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ދީފަވާކަމަށް އެންސްޕާއިން ބުނެފި އެވެ.
Advertisement

ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އެންސްޕާގެ ދަށުން، 35 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާ ކަމަށާއި ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 18.9 މިލިޔަން ރުފިޔާގެ އެހީ ދީފައި ވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ

އެންމެ ގިނަ މީހުންނަށް އެހީތެރިކަން ދީފަވަނީ ކަށީގެ ބަލިތަކަށް ކަމަށް އެންސްޕާއިން ފާހަގަ ކޮށްފައިވެ އެވެ.

އެ ގޮތުން ކަށީގެ ބަލިތަކާއި ގުޅޭ ގޮތުން  146 މީހުންނައް އެހީތެރިކަން ފޯރުކޮށް ދެވިފައިވާ އިރު ވިހެއުމާއި ގުޅިގެން 145 މީހުންނައް، މައިބަދަ/ނަރުގެ ބަލިތަކާއި ގުޅިގެން 137 މީހުންނައް، ނޭވާލާ ނިޒާމުގެ ބަލިތަކާއި ގުޅިގެން 123 މީހުންނައް އަދި ލޮލުގެ ބަލިތަކާއި ގުޅިގެން އެހީތެރި ކަން ފޯރުކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ހާމަ ކުރި އެވެ. 

މީގެ އިތުރުން ކުޑަކަމުދާ ނިޒާމު އަދި ކިޑްނީގެ ބަލިތަކާއި ގުޅިގެން 117 މީހުންނައް، ކަރުންމަތީގެ ބަލިތަކާއި ގުޅިގެން 113 މީހުންނައް، ކެންސަރު ބައްޔާއި ގުޅިގެން 101 މީހުންނައް، އަންހެނުންގެ ބަލިތަކާއި ގުޅިގެން 90 މީހުންނައް އަދި ހިތުގެ ބަލިތަކާއި ގުޅިގެން 85 މީހުންނައް މިދިޔަ މަހު ފޯރުކޮށްދެވިފައިވާ ކަމަށް އެންސްޕާއިން ބުނެ އެވެ. 

އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލް އަދި އޭޑީކޭއިން ފަރުވާހޯދި 473 މީހުންނަށް އެހީތެރިކަން ދީފަވެ އެވެ. 

މި ދެ ހޮސްޕީޓަލުން ހޯދި ފަރުވާއަށް 6.4 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އެއީ ޓްރީޓޯޕްއިން ފަރުވާ ހޯދި 302 މީހުންނަށް ކޮށްފައިވާ 3.5 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އޭޑީކޭއިން ފަރުވާ ހޯދި 171 މީހުންނަށް ކޮށްފަވާ 2.8 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައި އެވެ.

މީގެއިތުރުން އެސިސްޓިވް ޑިވައިސްތައް ހޯދުމަށް 3 މިލިޔަން ރުފިޔާގެ އެހީތެރިކަން ދީފައި ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް