ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ހުމާއި އަރިދަފުސް ރޯގާ އަށް ހާއްސަ ފުލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި
ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ފުލޫ ކްލިނިކެއް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ގާއިމްކޮށްފި އެވެ.
Advertisement

އައިޖީއެމްއެޗް އިން ބުނީ އަލަށް ގާއިމުކުރި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށެވެ.

ފްލޫ ކްލިނިކަށްދާ ހުރިހާ އެންމެން ފުރަތަމަ އީއާރް ޓްރައިޖަށް ދިޔުމަށް އައިޖީއެމްއެޗް އިން އެދެ އެވެ.

މިގޮތުން ކިއުބީ ޓޯކަން ސިސްޓަމުން ފްލޫ ކްލިނިކުގެ ޓޯކަން ނަންބަރު ނަގައިގެން، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިދުވަސްވަރު މާލެތެރެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހުމާއި ރޯގާ ޖެހޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު މަހު ރޯގާ ޖެހިގެން 28،619 ކޭސް ވަނީ ރިޕޯޓްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް