މި ޕްރޮމޯޝަންގައި ހަމައެކަނި ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުން ރަޖިސްޓާވާން ޖެހެ އެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000ރ. ބީއެމްއެލް ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު (ޕާސަނަލް ކާޑުތައް) މެދުވެރިކޮށް ހޭދަކުރުމުން ގުރުއަތުގައި ހިމެނޭނެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ އަދަދުގެ އިތުރުން، ކަސްޓަމަރުން 15،000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށާއި އެ ފަރާތަކުން އިހްތިޔާރުކުރާ މީހަކާ އެކު ފީފާ ވޯލްޑް ކަޕް ފައިނަލް މެޗު ބަލާލަން ދިއުމަށް ފްލައިޓް ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން ފައިނަލް މެޗުގެ ދެ ޓިކެޓް ލިބޭނެ އެވެ.
ބީއެމްއެލް އިން އަންނަނީ ވިސާ ކްލެސިކް، ގޯލްޑް، ޕްލެޓިނަމްގެ އިތުރުން ދާދި ފަހުން ތައާރަފްކުރި ވިސާ އިންފިނިޓް ކްރެޑިޓް ކާޑުތަކާ އެކު ކްލެސިކް ޑެބިޓް، ޕްލެޓިނަމް ޑެބިޓް ކާޑު ވެސް ދޫކުރަމުންނެވެ.