ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: ފައިލް ފޮޓޯ: މިހާރު
ބޭސް ގަންނަ ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން ހަނދާންކޮށްދީފި
ހުއްދަ ނެތް ފާމަސީތަކާއި ލައިސެންސް ނެތި ފާމަސިސްޓުން ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
Advertisement

އެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ހުއްދަ ނެތި ބޭސް އިމްޕޯޓުކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި ބޭސް ވިއްކާ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ތިބެން ޖެހޭނީ ވެސް އެ މީހުންނަށް ދޫކޮށްފައިވާ އައިޑީ ކާޑު އަޅައިގެން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ފާމަސީތަކުގައި މަސައްކަތްކުރާއިރު ފާމަސިސްޓް އައިޑީކާޑު ނެތި މަސައްކަތްކުރުމަކީ މަނާކަމެއްކަން ވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފަ އެވެ. އެހެންވެ، ބޭސް ގަންނައިރު އެ ކަންކަމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ގޮތުން:

  • ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން
  • ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައިހުރިތޯ ޔަގީންކުރުން
  • ބޭހުގެ މުއްދަތު ހަމަވާ ތާރީހު ބެލުން
  • ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯ ބަލައި، ޔަގީންކުރުން
  • ބޭސް ޕެކްކޮށްފައި ހުރި ރައްކާތެރިކޮށްތޯ ޔަގީންކުރުން
"ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ ބޭސް ވިއްކުމުގެ ހުއްދަ ނެތި ބޭސް ވިއްކުމާއި ހުއްދަ ނެތް ފާމަސިސްޓުން ނެތި މަސައްކަތްކުރުމަކީ ވެސް މަނާކަމެއް، އެއާ ހިލާފަށް މަސައްކަތްކުރާ ތަންތަނާއި މީހުންނާ މެދު ފިޔަވަޅު އަޅާނެ" އެމްއެފްޑީއޭއިން ނެރުނު އިއުލާނުގައި ވެ އެވެ.

ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، ހުއްދަ ނެތި ފާމަސީތަކުގައި މަސައްކަތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެފްޑީއޭގެ އިއުލާނުގައި ވެއެވެ. އެ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ 7200321 ނަންބަރަށް ގުޅައި، ރިޕޯޓުކުރަން ވެސް ވަނީ އެދިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް